ފެނާއި ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި،  އެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވާ ފަދަ ކަންކަން ކުރަމުން އަންނާތީ އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި، ފެން އަދި ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި، ގާނޫނުއާއި ހިލާފު އަމަލުތައް އީޕީއޭއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

 އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެގޮތުން ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހެދުމާއި، ރަށުތެރޭގައި ފެން ބޮޑުވުމުން އެ ފެނާއި ދިޔަދޮވި ތަކުން ފައިބާ ފެން ނަރުދަމާ ނިޒާމާއި ގުޅުމުގެ އިތުރަށް، ފެން ބޮޑުވާ ސަރަހައްދު ތަކުގައި ފެން ހިންދުމަށް މޭންރޯލްގެ މަތިގަނޑު ނެގުންފަދަ ކަންކަން ހިމެނޭ ކަމަށެވެ.

އީޕީއޭ އިން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ފެނާއި ނަރުދަމާ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަޣައްޔަރުވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.