ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ގެ މައްސަލަތަކެއް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބަލަން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ދެ ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ބައްލަވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަނުގެ މެމްބަރު މުހައްމަދު އީސާފުޅާއި ކޮމިޝަނުގެ މެމްބަރު އިބްރާހީމް ރިފްއަތެވެ.

އިސް ގާޒީ އަބްދުﷲ ގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގައި ތިއްބަވަނީ ނައިބު ރައީސް މަސްތޫރާއި އެ ކޮމިޝަނަށް ހައި ކޯޓުން ކަނޑައަޅާފައިވާ މެމްބަރު ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ބަންޑާރަ ނައިބު ރިފްއަތެވެ.

އެ ދެ ފަނޑިޔާރުންގެ އިތުރުން، ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝަރީފް ގެ މައްސަލައެއް ބެލުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ. 

އެބޭފުޅާގެ މައްސަލަ ބެލުމަށް ވެސް ޖޭއެސްސީން ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަނުގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް އާއި ކޮމިޝަނުގެ މެމްބަރު މުހައްމަދު އީސާފުޅު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.