ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އައްޔަނުކުރާ މެމްބަރެއް ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓްލެވޭ ވަކީލުންގެ ނަންތައް އިއުލާންކޮށްފިއެވެ.

އެގޮތުން، އެ ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން މެމްބަރެއް ހޮވުމަށް ބާއްވާ އެ އިންތިހާބުގައި، ވޯޓް ލުމުގެ ހައްގު 1487 ވަކީލަކަށް ލިބިގެންވެއެވެ.

އެ އިންތިހާބުގެ ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ދެ ސަރަހައްދެއްގައެވެ. އެއީ، އެއީ މާލޭގައި ދެ ފޮށި އަދި އައްޑޫ ސިޓީގައި އެއް ފޮށްޓެވެ.

ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން މެމްބަރެއް ހޮވުމަށް، އެ މަގާމަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލުމުން، ހަ ވަކީލަކު ވަނީ ކުރިމަތިލާފައެވެ.

އެ އިންތިހާބު ކުރިއަށް ދާނީ މިއަންނަ ހޮނިހިރު ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.