ވިސާ ނެތި ދިވެހި ރައްޔިތުންނަށް ރަޝިއާއަށް ދެވޭ އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ.

ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއިން ރަޝިއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާއެއް ލިބޭނެއެވެ.

ރަޝިއާއިން ރާއްޖެއައި ދެމެދު ވެފައިވާ އެ އެއްބަސްވުމަށް މިއަދު އަމަލު ކުރަން ފަށާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނީ، ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ ފަރާތްތަކަށް އެކަންޏެވެ.

ރަޝިއާއަށް ކިޔެވުމާއި ދިރިއުޅުން އަދި ވިޔަފާރީގެ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތައް ހަމަ ކުރިއެކޭވެސް އެއްގޮތަށް ވިސާ ހައްދަން ޖެހޭނެއެވެ.

ދިވެހިރައްޖެއާއި ރަޝިއާ އާއި ދެމެދު އެ އެއްބަސްވުމުގައި ސޮއި ކުރެވުނީ، މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.