ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުގެ ކަންތައްތައް މިއަހަރު ނިމޭނެކަމަށް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް ތާރިގް މަހުމޫދު އަހުމަދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ އިއްޔެ އިނގިރޭސި ޕާލެމަންޓުގައި ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަން މިހާރު ޕްރޮސެސް ކުރަމުން އަންނަ ކަމަށެވެ.

ކޮމަންވެލްތާއި ގުޅުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށާއި، ކިގާލީގައި ބާއްވާ ބައްދަލުވުމުގެ ކުރިން އެ ހުށަހެޅުމާއި ގުޅޭ ކަންކަން ނިމިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ތާރިގް އިތުރަށް ވިދާޅުވީ، ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާވެސް މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.

ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހެމުންދާކަމަށް ބުނެ، އެ ޖަމާތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *