ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ އުސޫލުން ބޭރުން އަމަލުކޮށްގެން ކަމަށް ބުނެ، އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން ހުށަހަޅާފައިވާ މައްސަލައިގެ ސަބަބުން އެ ޓްރާންސްފާ ހުއްޓުވުން އެކަށީގެންވާކަމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ހަވިއޭ ޓެބާސް ބުނެފިއެވެ.

މި މައްސަލައިގައި އެތުލެޓިކޯ އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ގްރީޒްމަން އެ ކްލަބާ އެކު ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުމުގައިވާ ގޮތުން ގްރީޒްމަން އަށް 135 މިލިއަން ޑޮލަރަށް އެހެން ކްލަބަކަށް ބަދަލުވެވޭނީ މަޝްވަރާތައް މި ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފަށައިގެން ކަމަށެވެ.

ނަމަވެސް، އެތުލެޓިކޯ އިން ބުނީ ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވާން އެ ކްލަބާ އެކު އެ މުއްދަތުގެ ކުރީން މަޝްވަރާކޮށްފައިވާތީވެ، އެއްބަސްވުން އުވާލެވޭނީ 225 މިލިއަން ޑޮލަރު ދައްކައިގެން ކަމަށެވެ. އެހެންކަމުން، ބާސެލޯނާ އިން ގްރީޒްމަން ބޭނުންވާނަމަ އިތުރު 90 މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށް ވެސް އެތުލެޓިކޯ އިން ބުނެއެވެ.

"ގްރީޒްމަންގެ ޓްރާންސްފާ ހުއްޓުވުން އެކަށީގެންވޭ. އެކަމަކު، އެކަމާމެދު ގޮތެއް ނިންމާނީ ލަލީގާ އިން." މީޑިއާ އަށް ދިން އިންޓަވިއުގައި ޓެބާސް ބުންޏެވެ.

އެތުލެޓިކޯ އިން ގްރީޒްމަންގެ މައްސަލަ ހުށަހަޅާފައިވާއިރު، އޭނާ ވަނީ ޗެލްސީ އަތުން 2-1 އިން ބާސެލޯނާ ބަލިވި މެޗުގައި ކުޅެފައެވެ.

"އެތުލެޓިކޯ އިން ޝަކުވާ ހުށަހެޅުމުގެ ސަބަބުން ގްރީޒްމަން އަށް ބާސެލޯނާ އަށް ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފައި." ޓެބާސް ބުންޏެވެ.

މީގެކުރީން، 2017 ވަނަ އަހަރުގައިވެސް އެތުލެޓިކޯ އިން ވަނީ ގްރީޒްމަން އާއެކު ބާސެލޯނާ އިން އުސޫލުން ބޭރުން މަޝްވަރާތައް ބޭއްވިކަމަށް ތުހުމަތުކޮށް ފީފާ އަށް އެ މައްސަލަ ހުށަހަޅާފައެވެ. 

އެންމެފަހުގެ ވޯލްޑްކަޕް ފެށެން ކައިރިވެފައިވަނިކޮށް ބާސެލޯނާ އިން ގްރީޒްމަން ގެންދަން މަސައްކަތްކުރުމުން އެ ކްލަބުގެ ހުށަހެޅުމަށް ވަނީ ފުރަގަސްދީފައެވެ. އެކަމަކު، އެތުލެޓިކޯ އިން ބުނީ އޭގެފަހުން، މިދިޔަ މާރިޗް މަހުގައި ގްރީޒްމަން އާއެކު ބާސެލޯނާ އިން މަޝްވަރާކޮށްފައިވާކަމަށާއި، އެ ޓީމުން މި މައްސަލައިގައި އަމަލުކުރަނީ އިހުތިރާމް ކުޑަކޮށްކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.