ހޫނުފެން ހަމަކީ ގައިގެ އެކި ތަންތަނުގައި ރިއްސާ ރިއްސުމަށް އޮތް އެންމެ ފަސޭހަ ހައްލެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ހޫނުފެން ހަން ބޭނުންކުރުމަކީ ރަނގަޅުކަމެއް ބާވައެވެ؟

ހޫނުފެން ހަމާއި ގުޅޭ ސުވާލު އުފެދިފައިވަނީ މާގިނައިރު ހޮޓް ޓަބް އާއި ސޯނާތަކުގައި މާބަނޑު އަންހެނުން ނުތިބުމަށް ލަފާދިނުމާއި ގުޅިގެންނެވެ. އެގޮތަށް ލަފާދީފައި ވަނީ މާބޮޑަށް ހަށިގަނޑުގެ ފިނިހޫނުމިން މަތިވުމުން މިސްކެރިޖް (ބައިގެންދިއުން) އާއި އުފެދުމުގައި ދަރިފުޅުގެ މައްސަލަތައް ހުރުމުގެ ނުރައްކާ އިތުރުވާތީ އެވެ.

ހޫނުފެން ހަން މަސައްކަތް ކުރަނީ ކިހިނެއް؟

ހޫނުފެން ހަމަކީ ލޭހޮޅިތައް ހުޅުވައި، ލޭދައުރުވުން އިތުރުކޮށްދޭ އެއްޗެކެވެ. އޭގެ ސބަބަުން ތާޒާ އޮކްސިޖަން އާއި ނިއުޓްރިޝަން ސަޕްލައިކޮށްދީ، މަސްތަކުގެ ވަރުބަލިކަަން ފިލުވައިދީ، ހުޅުހުޅުގައި ރިއްސުންފަދަ މައްސަލަތައް ފަސޭހަކޮށްދެއެވެ. މީގެ އިތުރުން ހަމުގެ ހޫނުކަމުން މަސްގުޅަކެއުންވެސް ކުޑަކޮށްދެއެވެ.

މާބަނޑު ދުވަސްވަރު ތަންތަނުގައި ރިއްސުން

އެމެރިކަން ޕްރެގްނެންސީ އެސޯސިއޭޝަން އިން ބުނާ ގޮތުގައި ގާތްގަނޑަކަށް ހުރިހާ އަންހެނުންނަށްވެސް މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިއްސުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ދިމާވާނެ ކަމަށެވެ. އެއީ ހޯމޯން ލެވެލްތައް މައްޗަށް ދިއުމުގެ ސަބަބުން، ހަށިގަނޑު ސެންޓަރ އޮފް ގްރެވިޓީ ބަދަލުވެ، ބަރުދަން އިތުރުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

މާބަނޑު ދުވަސްވަރު ހޫނުފެން ހަން ބޭނުންކުރުން ކިހާ ރައްކާތެރި؟

ހޫނުފެން ހަމަކީ މާބަނޑު ދުވަސްވަރު ވަގުތީގޮތުން ބުރަކަށީގައި ނުވަތަ އުރުގައި ރިއްސުމަށް އޮތް ހައްލެކެވެ. ހަށިގަނޑުގެ ވަކި ގުނަވަންތަކުގައި ހޫނުފެން ހަން އެޅުމަކީ ހޮޓް ޓަބް އާއި ސޯނާ އާއި ޚިލާފަށް، ހަށިގަނޑުގެ ފިނިހޫނުމިން މަތިކޮށްދޭ ކަމެއް ނޫނެވެ. ބޭނުންނަމަ އާދައިގެ ފެން ހަމެއް ނުވަތަ ކަރަންޓު ފެން ހަމެއް ނުވަތަ މައިކްރޯވޭވްކުރެވޭ ހޫނު ހަމެއްވެސް ބޭނުންކުރެވިދާނެ އެވެ.

މާބަނޑު ދުވަސްވަރު ހޫނުފެން ހަން ބޭނުންކުރުމުގައި ސަމާލުވާންވީ ކަންތައްތައް

- ހޫނުފެން ހަން ސީދާ ހަންގަނޑުގައި ނުޖައްސާށެވެ. ބޭނުންކުރުމުގެ ކުރިން ހަން ފޮތިކޮޅެއްގައި އޮޅާލާށެވެ. ނޫނީ ހެދުމުގެ މަތިން ފެން ހަން އަޅާށެވެ.

- ޖެހިޖެހިގެން 20 މިނެޓަށްވުރެ ގިނައިރު ހޫނުފެން ހަން ބޭނުންނުކުރާށެވެ.

- ހޫނުފެން ހަމުގައި ފިނިހޫނުމިން ބަދަލުކުރެވެން ހުރިނަމަ، އެންމެ ދަށް ސެޓިންގްސް ބޭނުންކުރާށެވެ.

- ހޫނުފެން ހަން އަޅައިގެން ނުނިދާށެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައި ހޫނުފެން ހަން އެޅުން

ހުޅުހުޅުގައި އާއި އުރުގައި އަދި ބުރަކަށީގައި ހޫނުފެން ހަން ބޭނުންކުރުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް މާބަނޑު ދުވަސްވަރުގައި ބަނޑުގައި ހޫނުފެން ހަން ނާޅާށެވެ. ބަނޑުގައި އަޅައިފިނަމަ، ބަނޑުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް ފަހަރު ބަނޑުގައި ރިއްސުމަކީ ސީރިއަސް މައްސަލައެއްގެ އަލާމާތަކަށްވެސް ވެދާނެ އެވެ. ތިރީގައިވާ އެއްވެސް އަލާމާތަކާއެކު ބަނޑުގައި ރިއްސާނަމަ ނުވަތަ އުނދަގޫވާނަމަ، ވަގުތުން ޑޮކްޓަރަށް ދައްކާށެވެ.

- ލޭއައުން

- ފިނިވުން ނުވަތަ ހުންއައުން

- ބޯއެނބުރުން

- ޖިންސީ ގުނަވަނުން އެއްޗެއް ބޭރުވުން

- މޭނުބައިކުރުން ނުވަތަ ހޮޑުލެވުން

- ކުޑަކަމުދާއިރު ތަދުވުން

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.