ޕިއްޒާ އަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމުކޮސް ކައި އުޅޭ ލުއިކާނާގެ ބާވަތެކެވެ. ޕިއްޒާ ޑެލިވަރީ މާ ލަހުން ލިބޭނަމަ، މިއޮތީ ހަމަ ރެސްޓޯރެންޓުން ސާވްކުރާ ތާޒާ ޕިއްޒާގައި ދޭ ރަހަ، އޯޑަރުކޮށްގެން ލިބޭ ޕިއްޒާގައިވެސް ދޭނެ ގޮތެކެވެ.

ޕިއްޒާ ހޫނުކުރަން އެންމެ ރަނގަޅު ގޮތަކީ އުނދުން ބޭނުންކޮށްގެންނެވެ. ތަތްނުލަވާ ތަވާއެއް މެދު ގިނީގައި އުނދުން މައްޗަށް އުދާފައި، އޭގެ ތެރެއަށް ފެންފޮދެއް ބުރުއްސާލާށެވެ. އެއަށްފަހު ހޫނުކުރަން ބޭނުންވާ ޕިއްޒާ ފޮތިތައް ތަވާމައްޗަށް އަޅާފައި، ތަވާގައި މަތި އަޅާށެވެ. ކުޑަ އިރުކޮޅަކަށް ބެހެއްޓުމަށްފަހު އުނދުނުން ނަގާލާށެވެ.

މަސައްކަތްކުރާ ގޮތް

ތަވާ މައްޗަށް ފެން އެޅުމަށްފަހު މަތި ޖެހުމަކީ ޕިއްޒާގެ ފުށްގަނޑު ނައަނދާނެހެން ޗީޒް ރަނގަޅަށް ވިރުވައިދޭ ގޮތެކެވެ. ޗީޒް މެލްޓްވުމަށްފަހު، ޕިއްޒާގައި ދޭނީ ހަމަ ދެންމެ ތައްޔާރުކުރި ތާޒާ ޕިއްޒާއެއްގައިވެސް ދޭނެ ރަހައެވެ.

މައިކްރޯވޭވް ބޭނުންނުކުރަންވީ ކީއްވެ؟

މައިކްރޯވޭވްގެ ތިން ފަރާތަކުންވެސް ކެއްކޭ ޓެކްނީކްގެ ސަބަބުން މުޅި ޕިއްޒާ އެކީގައި ހޫނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޕިއްޒާ ފުށްގަނޑު މާބޮޑަށް މަޑުވެއެވެ. އެހެންކަމުން ޕިއްޒާ ހޫނުކުރުމަށް މައިކްރޯވޭވް ބޭނުންކުރުމަކީ އޭގެ އަސްލު ރަހަ ދަމަހައްޓައިދޭ ކަމެއް ނޫނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.