ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ އަހަރީ ކޭކު ފެޅުމުގެ ރަސްމިއްޔާތައް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު އަރުވާނެ ކަމަށް އެ ޕާޓީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު ޑީއާރުޕީގެ ލީޑަރަކަށް ޖާބިރު އައްޔަންކުރީ އެ ޕާޓީގެ ކައުންސިލްގެ 191 ވަނަ ބައްދަލުވުމުގައެވެ.
ޖާބިރު ވިދާޅުވީ މި އަހަރުގެ ޖުލައި 26 ގައި އޮންނަ އެޕާޓީގެ 14 ވަނަ އަަހަރީ ޖަލްސާއަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ދައުވަތު އަރުވާނެ ކަމަށާއި، ޑީއާރުޕީ ވެގެންދާނީ މުސްތަގުބަލު އޮތް ސިޔާސީ ޕާޓީއެއް ކަމަށެވެ.
ޖާބިރު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.