އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރުކަން ކުރި،  މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، މަޖިލީހުގެ އިދާރާތެރެއަށް ވަދެގެން 2017 ވަނަ އަހަރު އޭނާ ހައްޔަރުކޮށް ބަންދުކުރީ ގާނޫނާއި ހިލާފަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ވައްޑެގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، މަޖިލިސް އިދާރާ ތެރެއަށް ވަނުމުން، އޭނާވަނީ، 15 ދުވަސް ބަންދުކޮށްފައެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ.

އެ މައްސަލާގައި ޕީޖީއިން ބުނެފައި ވަނީ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގައިވާ ގޮތަށް ވައްޑެ ހައްޔަރު ނުކުރީ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އޭނާގެ ދާއިރާއަށް ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައި އޮތުމުން ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ވީ އިރު، ވައްޑެ ގޮނޑި ގެއްލުނު މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައި ވަނިކޮށް، އެ މައްސަލާގައި ގޮތެއް ނުނިމެނީސް، އިމްތިޔާޒުތަކާ ބެހޭ ގާނޫނުގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް އޭނާ ހައްޔަރު ކުރުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *