މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން 22 މަގާމަކަށް މީހުން ހޯދަން ހުޅުވާލުމުން އެ 22 މަގާމަށް 1،200 އާ ގާތްކުރާ އަދަދަކަށް މީހުން ކުރިމަތިލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާއިން މީގެ ކުރިން ވެސް ވަޒީފާ ތަކަށް ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު ކުރިމަތިލާ ކަމަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި 22 މަގާމަށް މުވައްޒަފުން ހޮވާނީ، އެ މުވައްޒަފުންގެ ޤާބިލިއްޔަތު ކަމަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެ މަގާމުތަކަށް މީހުން އައްޔަނުކުރުމުގައި އެއްވެސް ނުފޫޒެއް އަޔަ ނުދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ އަރުވާފައެވެ.

ކަސްޓަމަރުން ބުނީ އެޕްރީލް މަހު އިއުލާން ކުރި 22 ވަޒީފާ އަކަށް 1175 މީހުން ކުރިމަތިލި ކަމަށާ، އަދި 2016 ގައި އިއުލާނުކުރި 23 މަގާމަކަށް 1،050 މީހުން ކުރިމަތިލި ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.