ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހަދީޖާ އަބްދުއްސަމަދުގެ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެސް ހަދީޖާގެ މައްސަލަ އެ ކޮމިޝަނަށް ހުސަހަޅާފައި ވަނީ އިއްޔެ އެވެ. އަދި އެ މައްސަލަ އެ ކޮމިޝަނުން ބަލައިގެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަސައްކަތް ކުރާތަން ނޫން އެހެންތަނަށް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ބަދަލު ކުރި މައްސަލައެއް ވަނީ ސީއެސްސީއަށް ހުށަހަޅައިފައެވެ.

މީގެ އިތުރުން ޕާމަންންޓް ސެކްރެޓަރީ، މުވަައްޒަފުންނާ މެދު އިހުމާލުވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ވެސް ވަނީ ހުށަހަޅައިފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.