ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ނިންމި ގޮތަށް އެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ، 65 މެމްބަރުންގެ ރުހުމުންނެވެ.

ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، މަޑަވެލި ދާއިރާ މެމްބަރު ހުސައިން ފިރުޝާންއެވެ.

އެ ބިލަށް ކޮމިޓީ އިން އިސްލާހު ހުށަހަޅައިފައި ވަނީ ޗާންސެލަރު އަދި ވައިސް ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ބިލުގައި އޮތް ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ރައީސް އަށް ފެނިވަޑައިގެންފި ނަމަ، އެ މަގާމުން ވަކި ކުރަން އެ މާއްދާއިން ހުރަސް ނާޅާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.