މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން މިރޭ މާލޭގައި ބަޑިޖަހުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިރޭ އޮންނަ ޑްރެސް ރިހާސަލްގައި ސެލިއުޓިން ގަން އިން ބަޑި ޖެހުމަށް ހަމަޖެހިފައިވަނީ އުސްފަސްގަނޑުގެ ހެލިޕެޑްގައާއި، ގަލޮޅުދަނޑުގައެވެ. އެގޮތުން އުސްފަސްގަނޑުގައި ބަޑިޖަހާނީ މިރޭ 21:00 އާއި 21:30 އާއި ދެމެދު ކަމަށާއި، ގަލޮޅު ދަނޑުގައި ބަޑިޖެހުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 އާއި 23:00 އާއި ދެމެދުކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އަދި މިނިވަން ދުވަހަށް ތައްޔާރުވުމުގެ ގޮތުން އެދުވަހުގެ ހަރަކާތްތަކުގެ ފުރިހަމަ ރިހާސަލެއް ބޭއްވުމަށްޓަކައި މިރޭ 07:00 އިން ފެށިގެން ގަލޮޅު ދަނޑާ ގުޅިފައިވާ މަގުތައް ބަނދުވާނެ ކަމަށް ފުލުހުން ވެސް ވަނީ މިއަދު ވިދާޅުވެފައެވެ.

މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރޭ އަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.