ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މަސްވެރިކަމާއި ގުޅޭގޮތުން، ހުށަހަޅާފައިވާ ދެ ގަރާރެއް ބަލައިގަންފިއެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ މެދުގައި ބަހުސް ކުރުމަށް ފަހު، ބަލައިގަންފައިވާ ދެ ގަރާރަކީ، ދިވެހި މަސްވެރިން ބާނާމަހަށް ހަމައަގު ހޯދައިދިނުމަށް މަސްތައް ޕްރޯސެސްކޮށް މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ރަށްތަކުގައި މަސް ފެކްޓަރީ ގާއިމުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ގޮވާލައި ގަރާރާއި އަދި ބޭރުގެ ބޯޓު ފަހަރަށް ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމާ ގުޅޭ ގަރާރެވެ.

އެގޮތުން، ދިވެހި މަސްވެރިން ބާނާމަހަށް ހަމައަގު ހޯދައިދިނުމަށް މަސްތައް ޕްރޯސެސްކޮށް މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ރަށްތަކުގައި މަސް ފެކްޓަރީ ގާއިމުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ގޮވާލައި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާންއެވެ.

އެ ގަރާރު މަޖިލީހުން ބަލައިގަންފައިވަނީ، ވޯޓްގައި ބައިވެރިވި، 68 މެމްބަރުންގެ އިއްތިފާގުންނެވެ.

ދެވަނަ މަޖިލީހުން ބަލައިގަން، ބޭރުގެ ބޯޓު ފަހަރަށް ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމާ ގުޅޭ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުއެވެ.

އެ ގަރާރު މަޖިލީހަށް ފާސްކޮށްފައިވަނީ 68 މެމްބަރުންގެ ވޯޓުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.