ރައްޔިތުންގެ މަޖިލިހުގެ ދައުރު ކުރިން އޮތް ގޮތަށް ބަދަލު ކުރަން މަޖިލީހުގެ ޤަވައިދު ދިރާސާކުރާ ކޮމިޓީން ނިންމައިފި އެވެ.

ފުރަތަމަ ދައުރު މިހާރު އޮތް ގޮތުން ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. އަދި ދެ ވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 16 ގެ ނިޔަލަށް ހިނގާއިރު، ފަހު ދައުރު (ތިން ވަނަ ދައުރު) ހިނގާނީ އޮގަސްޓު މަހުގެ 27 އިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.

ކޮމެޓީން ބަދަލު ގެނެސްފައިވަނީ ދެވަނަ ދައުރާއި ތިން ވަނަ ދައުރަށެވެ. ފުރަތަމަ ދައުރަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އެގޮތުން ގަވައިދަށް ގެނައި ބަދަލާއި އެކު، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ހިނގާއިރު، ފަހު ދައުރު ހިނގާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ،

ގަވާއިދަށް ކޮމެޓީން މި ގެނައި އިސްލާހާއި އެކު މެއި މަހާއި، ސެޕްޓެމްބަރު މަހާއި، ޑިސެމްބަރު މަހުގެ އިތުރުން ޖެނުއަރީ މަހަކީ މެންބަރުންގެ ޗުއްޓީ މަސްތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.