އެންމެފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު ތިންވަނަ ހޮވި މެޗުގައި ދެއްކި ރަތްކާޑާއި ގުޅިގެން އެ ޓީމު ވޯލްޑްކަޕް ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗަށް ލިއޮނަލް މެސީ ވަނީ ސަސްޕެންޑްކޮށްފައެވެ.

އަދި ރެފްރީއާ ބެހޭގޮތުންނާއި މުބާރާތުގެ ބައެއް އިންތިޒާމުތަކާ ބެހޭގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން މެސީ ވަނީ 1،500 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

މީގެއިތުރުން، ސެމީ ފައިނަލްގައި ބްރެޒިލް އަތުން ބަލިވި މެޗަށް ފަހު، އެ މެޗުގެ ރެފްރީ ރޮޑީ ޒަމްބޮރާނޯ އަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ފާޑުކިޔުމުން ފީފާ ކައުންސިލުން އޭނާ ވަކިކުރަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ވަނީ ނިންމާފައެވެ.

ކޮންމެބޯލް އިން އިއްޔެ އާންމުކުރި ބަޔާނެއްގައި ވަނީ، އެ ފެޑެރޭޝަނުގެ ފަރާތުން ފީފާ ކައުންސިލްގައި ޓަޕިއާ ފުރުއްވަމުން އައި މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެ މަގާމަށް މީހަކު ހޮވުމަށް އިންތިހާބު ބާއްވާނެކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން ކޮޕާ އެމެރިކާ ބާއްވާ ބްރެޒިލަށް މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވާ ކަމަށް ބުނެ އާޖެންޓީނާގެ ކެޕްޓަން މެސީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އެ މައްސަލަ ވަކިން ބަލަމުން އަންނައިރު ކޮންމެބޯލް އިން މެސީ އަށް އެ ކަމަށް ދޭ އަދަބު ބޮޑުވާނެކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.