ޚަބަރު
ސިޓީ ކައުންސިލުގެ ގަސް ފިހާރަ ހުޅުމާލެއަށް ބަދަލުކޮށްފި

މާލޭގައި ހުންނަ ސިޓީ ކައުންސިލުގެ ގަސް ފިހާރަ ޝޯރޫމް ބަންދުކޮށް، ހުޅުމާލޭގައި ހުންނަ ސިޓީ ކައުންސިލުގެ އައުޓްލެޓަށް ގަހުގެ ވިޔަފާރި ބަދަލުކޮށްފި އެވެ.

“ޖަޒީރާ” އަށް މައުލޫމާތު ދެމުން ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ ޝަފީއު ބުނީ މާލޭގައި ހުންނަ ޝޯރޫމް ބަންދުކުރަން ޖެހުނީ އެތަނަށް ހިނގާ ހަރަދުބޮޑުވެފައި ތަނުގެ ޖާގަ ކުޑަވުމުން ދިމާވާ ދަތިތަކުގެ ސަބަބުން ކަމަށެވެ. އެތަނުގެ ކަރަންޓަށް ވެސް ބޮޑު ހަރަދެއް ހިނގާކަން އޭނާ ފާހަގަކުރި އެވެ.

އޭނާ ބުނީ މާލޭގައި ހުންނަ ގަސްފިހާރައަކީ ހަމައެކަނި ގަސް ޑިސްޕްލޭ ކުރަން ހުޅުވާފައިވާ ތަނެއް ކަމަށާއި ހުޅުމާލޭގައި ހުންނަ އައުޓްލެޓްގައި ޖާގަ ބޮޑުވެފައި ގަސްތައް ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭ ކަމަށެވެ. އޭނާ ބުނީ އެތަނުގައި ގަސް ނާސަރީއެއްވެސް ހިންގާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ގަސްފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން 12:00 އަށާއި މެންދުރު 02:00 އިން 06:00 އަށެވެ. އަދި ނަމާދު ގަޑިތަކުގައި އެތަން ބަންދުވާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދިނެވެ.

މާލެ ސިޓީ ކައުންސިލުން ފެށި ‘މާލޭ ފެހި’ މަޝްރޫއަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ފެއްޓެވި މަޝްރޫއުއެކެވެ. ސިޓީ ކައުންސިލުގެ ގަސްފިހާރަތަކުން މާލޭގެ އެކި އަވަށްތަކަށް ގަހާއި ގަސްކާނާ ވިއްކައި ހަދަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top