ދައުލަތުން މިއަހަރަށް ފާސްކުރި، 30 ބިލިއަން ރުފިޔާގެ ބެޖެޓް ހުސްވުމަކީ ހިތާމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" ގާއިމު ކުރުމަށް ގޮވާލާ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ބަޖެޓުގައި ޖަހާފައި އޮއްވައި، މިއަހަރަށް ފާސްކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވި ގޮތެއް ބަލަންޖެހޭ ކަމަށެވެ. އަދި އެއީ ވަރަށް ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ.

މެމްބަރު ޝިޔާމު އިތުރަށް ވިދާޅުވީ، މިހާރު ގައުމު މިދަނީ އަނދިރި ހިސާބަކަށް ކަމަށާއި، އަދި ވަކި ގައުމަކަށް ބަރޯސާވެގެން މުޅި ގައުމުގެ އިގްތިސާދު އިނދަ ޖައްސަމުންދާ ތަން މިހާރު ފެންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރާއްޖޭގެ 54 ވަނަ މިނަވަން ދުވަސް ބޯމަތިވެފައިވާ ވައިރު، ރާއްޖޭގެ މިނިވަން ކަމެއް އޮތްކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އުޅެތީ އެކަމާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ، އެ ފެރީތަކުން ދަތުރު ކުރާނީ ދިވެހި ރައްޔިތުން ނޫން ކަމަށެވެ. އަދި އަގުހެޔޮ ފެރީތަކަށް ދިވެހި ރައްޔިތުންގެ މުދާ އެރުވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.