ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު އިސްތިއުފާ ދެއްވައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ނަސީރު އެކަން އިއުލާން ކުރެއްވި ނަމަވެސް، އިސްތިއުފާގެ ސިޓީ އަދި ރައީސް އޮފީހަށް ނުލިބޭ ކަމަށް އެ އޮފީހުން ބުންޏެވެ.

އެމްއެމްއޭގެ ފަރާތުންވެސް އެކަމާއި ވެހޭ ގޮތުން އަދި ވަކި އެއްޗެއް ވިދާޅުނުވެއެވެ.

ނަސީރު ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވަނި ކޮށެވެ.

ނަސީރު އިސްތިއުފާދެއްވި އިރު އެމްއެމްއޭގެ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުނު ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

އެކަމާއި ގުޅޭ ގޮތުން، ކަމާއި ގުޅޭ ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް ލިބިފައިނުވާތީ، އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.