ސޯޅަ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ދިޔަވާތީ އޭގެން ދަތުރުކުރި މީހުން ސަލާމަތްކޮށް، ދޯނި ރައްކާތެރިކަމާއެކު ބަނދަރަކަށް ވެއްދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އެބަ ދެއެވެ.

އެމްއެންޑީއެފް އިން ރޭ ފަތިހު ވިދާޅުވީ، ޅ.ކުރެންދޫއިން ފުރައިގެން މާލެ ދަތުރުކުރި 99 ފޫޓުގެ “ފޭރުމާ” ނަމަކަށް ކިޔާ ދޯނި ދިޔަވާން ފެށިއިރު އެދޯނިން ދަތުރުކުރަމުންދިޔައީ 10 ފަސިންޖަރުންނާއި ދޯނީގެ ކެޕްޓަނާއި އެކު 6 ފަޅުވެރިން ކަމަށެވެ.

އެ ދޯނިން ދަތުރުކުރި 9 މީހުން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑަރަންގެ ލޯންޗެއްގައި ރޭ މެންދަމުންއަލިވެ 03:45 ހާއިރު މާލެ ގެނެސްފައެވެ. 
އެމްއެންޑީއެފް އިން ވިދާޅުވީ، ދިޔަވަމުންދިޔަ ދޯނީގެ ވެރިފަރާތުން ހޯދި އުޅަނދެއްގެ އެހީގައި ކަފުޖަހައިގެން “ފޭރުމާ” ދޯނި ތިލަފުށްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.