ހާލަކުން އެއްފަހަރު ފާސްޓް ފުޑް ކާހިތް ކޮންމެ މީހަކުވެސް ވާނެކަން ޔަޤީނެވެ. ޖަންކް ފުޑް ނުވަތަ ލުއިކާނާ އަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ބައިވެރިޔަކަށް މިއަދު ވަނީ ވެފައެވެ. ޚާއްސަކޮށް ބޮޑެތި ސިޓީތަކަށް ބަލާނަމަ، ވަގުތު ކުޑަތަންވެގެން ބިޒީކޮށް އުޅޭ ގިނަ މީހުން ކައި އުޅޭނީ ލުއިކާނާގެ ބާވަތްތަކެވެ. އެފަދަ ދުޅަހެޔޮ ނޫން ދިރިއުޅުމެއް ގެންގުޅުމަކީ ހަކުރުބަލިފަދަ ބަލިތަކަށް ދައުވަތުދޭ ކަމެކެވެ.

މިހާރު ޒުވާނުންގެ ގައިގައި ހޯމޮނަލް އިމްބެލެންސް އާއި އިންސުލިން ސެންސިޓިވިޓީ އަދި ހަކުރު މައްޗަށް ދިއުމަކީ ތައްޔާރީ ކާނާގެ ސަބަބުން ދިމާވާ މައްސަލަތަކެކެވެ. އާންމުކޮށް މީހުން ޤަބޫލުކުރާ ގޮތުގައި މިފަދަ ބަލިތައް ޖެހެނީ ވިރާސީ ކަންކަމަށެވެ. ނަމަވެސް މިއީ އަބަދު ކަންދިމާވާ ގޮތެއް ނޫނެވެ. އާއިލާގައި ހަކުރުބަލި ޖެހިފައިވާ މީހަކު ނެތްނަމަވެސް، އެ ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ މައިގަނޑު ގޮތެއްގައި ދުޅަހެޔޮ ނޫން ދިރިއުޅުމެއް އުޅުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ގިނަ ދިރާސާތަކަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ޒުވާނުންގެ ބޮޑު ބަޔަކަށް ޕްރި-ޑައިބެޓީސް ޖެހި، ހަކުރުބައްޔާއި ހަމައަށް މަފުގަހިވަނީ ކައިބޮއެ އުޅޭ ތަކެތީގެ ސަބަބުންނެވެ. ލުއިކާނާގެ ތެރޭގައި އެންމެ މީރު ބަންދުކުރި ކާނާ އާއި، ތެލުލި ނުވަތަ ތައްޔާރީ ކާނާގެ އިތުރުން ހަކުރު ހުންނަ ބުއިންތަކާއި ފޮނިއެއްޗެހި ވެސް ހިމެނެއެވެ.

އެފަދަ އެއްޗެހި ޤަވާއިދުން ކެއުމަކީ ހޯމޮނަލް ސައިކަލްއަށް އަސަރުކުރުވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން އިންސޯމްނިއާ އާއި ވަރުބަލިވުމާއި، މާބޮޑަށް ބަނޑުހައިވެ، ވަކި އެއްޗެހި ކާހިތްވުމާއި މޫޑް ސްވިންގްތައްފަދަ މައްސަލަތައް ކުރިމަތިކުރުވަ އެވެ. ލުއި ކާނާގެ ގްލައިސީމިކް އިންޑެކްސް ވަރަށް މަތިކަމުގައިވާއިރު، ޕާނާއި ބަތް އަދި އަލުވިވެސް މާގިނައިން ކެއުމަކީ ހަކުރުމަތިކޮށްދޭ ކަމެކެވެ. މާގިނައިން ކާބޯހައިޑްރޭޓާއި ހަކުރު ހުންނަ އެއްޗެހި ކެއުމަކީ ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން މާބޮޑަށް ބަރުދަން އިތުރުވެ، ކޮލެސްޓްރޯލް މައްސަލަތައް ދިމާވެ ސްޓްރޯކް ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ފަރުވާނުކުރާނަމަ، ހަކުރުބަލި ހުންނަ މީހުންގެ ކޮލެސްޓްރޯލް މަތިވެފައި، ތައިރޮއިޑް އާއި އެހެނިހެން ހިތުގެ ބަލިތައް ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހަކުރުބަލިން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމެވެ.

ކާބޯތަކެއްޗާއި ކަސްރަތަކީ ވަށާޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ދެކަމެވެ. ގޭގައި ނުކައްކައި ބޭރުން ގަނެގެން ލުއިކާނާ ކެއުމަކީ ވަރަށް ގިނަ މީހުން ކޮށްއުޅޭ ކަމެކެވެ. އޭގެ ސަބަބުން ނިމުމެއްނެތް ކަންނެތް ދިރިއުޅުމަކަށް މަގުފަހިވެގެންދެއެވެ. އޭގެ ބަދަލުގައި ގޭގައި ކައްކައި، ކައްކާ އެއްޗެހީގައި އަސާސީ ވިޓަމިންތަކާއި މިނަރަލްތައް ހިމެނޭ ފެހި ތަރުކާރީ އެކުލެވޭތޯ މަސައްކަތް ކުރާށެވެ. އެންމެ ފަސޭހައިން ނިއުޓްރިއެންޓް ހޯދޭނީ ތާޒާ މޭވާ އާއި ޖޫހުންނެވެ.

ކާބޯތަކެއްޗަށް ވިސްނައިގެން ތައްޔާރީ ކާނާ ކެއުން ހުއްޓާލުމުން، ހަށިގަނޑަށް އަންނަ ހެޔޮ ބަދަލުތައް އަމިއްލަ އަށްވެސް އިހުސާސްކުރެވޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *