ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ވަގުތީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އައްޔަންކޮށްފިއެވެ.

ޖާބިރު ޑީއާރުޕީގެ ލީޑަރަކަށް އައްޔަންކުރީ އެ ޕާޓީގެ ކައުންސިލްގެ 191 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ. އަދި ކުރިން ޑީއާރުޕީގެ ލީޑަރަކށް ހުންނެވި މުޙައްމަދު ނަޝީދު (ކާނަލް ނަޝީދު) އެ ޕާޓީގެ ނައިބު ލީޑަރަކަށްވެސް ވަނީ އައްޔަން ކުރައްވާފައެވެ. 

ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން ކާނަލް ނަޝީދު ވިދާޅުވީ، ކުރިޔަށް އޮތް ނުވަދިހަ ދުވަސްތެރޭގައި ޑީއާރުޕީގެ ކޮންގްރެސް ބޭއްވުމަށްވެސް މިރޭގެ ބައްދަލުވުމުގައި ނިންމިކަމަށެވެ. އަދި މިވަގުތު ކުރިޔަށް ދާނީ، އިލެކްޝަންސް ކޮމިޝަނަށް ލިޔެކިޔުންތައް ހުށަހެޅުމުގެ މަސައްކަތްކަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޖުލައި ސައްބިސް ބަންދަށް އެ ޕާޓީގެ ލީޑަރު ސިލޯނަށް ވަޑައިގަންނަވާކަމަށާއި، އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި ޖާބިރު މީޑިއާތަކާއި ބައްދަލުކުރައްވާނެ ކަމަށެވެ. 

މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާތީގެ ރަޖިސްޓްރާގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ރިފާއު (ބޮޗޭ) ވަނީ އައްޔަންކޮށްފައެވެ. އަދި ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ރައީސް ޔާމިންގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސް ޕާސަން އިބްރާހިމް މުޢާޒު ޢަލީވަނީ އައްޔަން ކޮށްފައެވެ. ކާނަލް ނަޝީދުގެ އިތުރުން އެ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނަވަނީ މާލެ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ފިޝާވިންއެވެ.

މި އަހަރުގެ ޖުލައި 26ވަނަ ދުވަހަކީ ޑީއާރުޕީގެ 14ވަނަ އަހަރީދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.