ބަނޑަށް ތަދުވުމަކީ އާންމުކޮށް ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. އެހެންނަމަވެސް ބަނޑަށް ތަދުވަނީ ކީއްވެގެންކަން ހޯދުމަކީ ގިނަ ފަހަރަށް އެހާ ފަސޭހަކަމެއް ނޫނެވެ. ތިރީގައި މިވަނީ އާންމުކޮށް ބަނޑަށް ތަދުވުމަށް މެދުވެރިވެދާނެ ބައެއް ސަބަބުތަކެވެ.
1. މާބޮޑަށް ބަރުވުން
ފަހަރެއްގައި ބަނޑަށް ތަދުވަނީ ބަނޑުގައި ހިލަ އުފެދިގެން ކަމަށްވެސް ވެދާނެއެވެ. ހިލަ (ގޯލްސްޓޯންސް) އަކީ ކޮލެސްޓްރޯލް އާއި ކެލްސިއަމް ސޯލްޓްތަކުން އުފެދޭ ހިލަތަތެކެވެ. އަދި ބަނޑުގައި ހިލަ ހުރުމަކީ ވަރަށް ވޭންވެސްހުރި ކަމެކެވެ. ބަނޑުގައި ހިލަ އުފެދެނީ ފަހަރެއްގައި މާބޮޑަށް ބަރުދަން އިތުރުވުމުގެ ސަބަބުން ކަމަށްވެސް ވެދާނެ އެވެ. ވޮޝިންގޓަން ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ ގޭސްޓްރޯއެންޓެރޮލޮޖިސްޓެއް ކަމުގައިވާ ޑޭނާ އާލީ ވިދާޅުވީ ބަރުދަން އިތުރުވުމުގެ ސަބަބުން ބަނޑަށްކުރާ ޕްރެޝަރު ބޮޑުވެ، ބަނޑާއި ކާއެއްޗެހި ދައުރުކޮށްދޭ ހޮޅިއާ ދެމެދު ހުންނަ ވެލްވް އަށް ބާރުކުރާ ކަމަށެވެ. އޭގެ ސަބަބުން އެސިޑް މައްޗަށް އެރުމަށް ފަސޭހަވެގެންދެ އެވެ. މި މައްސަލަ ރަނގަޅުކުރުމަށް ދިރިއުޅުމުގައި ގެންގުޅޭ އާދަކާދަތަކަށް ކުޑަ ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ.
2. އިރިޓެބަލް ބައުލް ސިންޑްރޯމް (އައިބީއެސް)
ބަނޑަށް ތަދުވާތާ ގިނަ މަސްތަކެއް ވެފައިވާނަމަ، އޭގެ ސަބަބަކީ އިރިޓެބަލް ބައުލް ސިންޑްރޯމް (އައިބީއެސް) ކަމުގައިވެސް ވެދާނެ އެވެ. މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ބަނޑުފުއްތުމާއި، ގޭސްޓްރިކްވުން އަދި ބޭރަށް ހިންގުމުގެ އިތުރުން ބަނޑުހަރުވުން ވެސް ހިމެނެއެވެ. އައިޖީޖީ ޓެސްޓެއް ހެދުމުން ކެއުން ރަނގަޅު ނޫން ކާބޯތަކެތި ދެނެގަނެވޭނެ އެވެ. "ބޮލްޓިމޯރގެ މާސީ މެޑިކަލް ސެންޓަރުގެ ގޭސްޓްރޯއެންޓެރޮލޮޖިސްޓެއް ކަމުގައިވާ މައިކަލް ކޮކްސް ވިދާޅުވީ ފިހާރަތަކުން ލިބެން ހުންނަ ޕެޕާމިންޓް-އޮއިލް ކެޕްސިއުލްތަކުގެ އެހީގައި އައިބީއެސްގެ އަލާމާތްތައް ފަސޭހަވާނެ ކަމަށް ދިރާސާތަކުން ދައްކާފައިވާ ކަމަށެވެ.
3. އަމިއްލައަށް ބޭސް ކެއުން
ޑޮކްޓަރަށް ނުދައްކައި މާގިނައިން ބޭސްކެއުމަކީ ގޭސްޓްރޯއީސޯފެގަލް ރިފްލަކްސް ޑިޒީޒް (ޖީއީއާރްޑީ) ނަމަކަށް ކިޔާ ދާއިމީ މައްސަލައަކަށް މަގުފަހިކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން ބަނޑުގައި އެސިޑް އުފެދުމަށް މަގުފަހިވެއެވެ. ޓޮމާޓޯ ސޯސް އާއި ޗޮކްލެޓުފަދަ އެއްޗެހި ކެއުމުން މި މައްސަލަ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މި މައްސަލަ ޖެހޭނަމަ، ގިނައިން ފައިބާ ހުންނަ އެއްޗެހި ކާން އާދަކުރާށެވެ.
4. މާބޮޑަށް ސްޓްރެސްވުން
ސްޓްރެސް އަކީ ޖުމްލަކޮށް ސިއްޙަތަށް ވަރަށް ނޭދެވޭ އަސަރުކުރާ އެއްޗެއް ކަމަށް ގިނަ ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. ސްޓްރެސް ހޯމޯންތައް މާބޮޑަށް މަތިވުމަކީ ބަނޑާއި ގޮހޮރަށް އަސަރުކުރާ ކަމެކެވެ. ސްޓްރެސް މަދުކުރާނެ ގޮތްތައް ހޯދުމުގެ އިތުރުން، މަދުވެގެން ބައިގަޑިއިރު ވަންދެން އެރޮބިކް ކަސްރަތުކުރުމަކީ ވެސް މުހިންމު ކަމެކެވެ.