ތުއްތުކުއްޖާ ދުނިޔެއަށް އުފެދިގެން އަންނަނީ ފިތުރަތުގެ ސާފުކަންމަތީގައެވެ. މައިމީހާގެ ބަނޑުގައި ވޭތުކުރާ ދުވަސްތަކަކީ އެޖާނަށް އެއްވެސް ކަހަލަ އުނިކަމެއް އަދި ތަކުލީފެއް ނުވާ މާހައުލެއްކަންމީ ޝައްކެތް އޮތްކަމެއްނޫނެވެ. ކޮންމެ މަޔަކާއި ބަފައެއްގެ ދިގު އިންތިޒާރު ނިމުމަކަށް އައިސް، އެ ތުއްތު ފުރާނަ އަތްމައްޗަށް ލެވެނީ ނުހަނު ގިނަ އުންމީދުތަކަކާއި ޒިންމާތަކަކަށް ވައުދު ވެގެންނެވެ. ދަރިފުޅުގެ އެއްވެސް ކަމެއްގައި އުނިކަމެއް ނުގެނެސް، ލޮލުގެ ކޮއި ފަދައިން ފުރިހަމަ ސިއްހަތެއްގައި ބޮޑުވާތަން ދެކުމަކީ ކޮންމެ މަޔަކާއި ބަފަޔަކަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. ދުޅަހެޔޮ ސިއްހަތެެއްގައި ކުއްޖާ ދެމިހުރުމުގެ ފުރަތަމަ މަރުހަލާއަކީ، ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ހަށިގަނޑަށް ފައިދާ ހުރި ކާނާ ދިނުމެވެ. އެގޮތުން އާންމު ގޮތެއްގައި ކުދިން ހަރު ކާނާ ކާންފަށާ އުމުރަކީ 5 މަހާއި 9 މަހާއި ދެމެދުގައެވެ.

6 މަހާއި 7 މަހާއި ދެމެދުގައި ދެވިދާނެ ބައެއް ބާވަތްތައް:   

ކާނާތައް ތައްޔާރު ކުރާއިރު ނުވަތަ ކައްކާއިރު ވީހާވެސް މަދުން ފެން އަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެން ފޮދެއްގައި ކެއްކޭތޯ ބަލަންވާނެއެވެ. އެއީ ފެން ގަނޑުގެ ތެރެއަށް ތަރުކާރީ ކޮޅުގައިވާ ވިޓަމިން ކޮޅު ދާނެތީއެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާން ވާވަރަށް ވުރެ ހިކިނަމަ ކެއްކި ފެން ފޮދެއް ނުވަތަ މިނެރަލް ވޯޓަރ ފޮދެއް އެއްކޮށްލެވިދާނެއެވެ. ކައްކާއިރު އަބަދުވެސް ބަލަންވާނީ ،އާއްމުކޮށް ތުއްތު ދަރިފުޅު އެއްފަހަރަށް ނުވަތަ ދެ ފަހަރަށް ވާވަރުގެ އެތިކޮޅެއް ކެއްކޭތޯއެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ. 

6 މަހުގައި ދެވިދާނެ ބައެއް ބާވަތްތައް: 

1. ބަޓާނާ ބަރަބޯ (Butternut)

2. ކެރެޓު (Carrot)

3.ފޭރު (Guava)

4. އަތަ (Custard apple)

5. ދޮންކެޔޮ (Banana)

6. ރަތް އާފަލު (Red apple) 

7. ކަައްޓަލަ (Sweet potato)

8. ނާސްޕަތީ (Pears)

9. އަލަ (Taro)

7 މަހާއި 8 މަހާއި ދެމެދު ދެވިދާނެ ބައެއް ބާވަތްތައް:

1. ކެރެޓު, ބީޓްރޫޓްް، އަދި ބްރައުން ރައިސް

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

2. ރަތް އާފަލު، އޯޓްސް, ފޯރމިއުލަ (ޕައުޑަރ) 

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

3. ސްޕިނެޗް ފަތް، ކައްޓަލަ، ސަނާމުގު

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

4. ރަތް މުގު، ސްޕިނެޗް ފަތް، ބްރައުން ރައިސް

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

5. ކެރެޓު، ބީޓްރޫޓް

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

6. ސްޕިނެޗް ފަތް، ކެރެޓު، ބްރައުން ރައިސް

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

7. ދޮން އަނބު

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

8.  ކެރެޓު, ބީޓްރޫޓްް، ބްރައުން ރައިސް، ބަޓާނާ ބަރަބޯ

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

9. ސްޕިނެޗް ފަތް، އަލަ

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

10. ކެރެޓް، ރަތް އާފަލު، ބްރައުން ރައިސް، ނާސްޕަތީ (Pears)

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

11. އޮރެންޖު ޖޫސް/ދިޔަ ފެނުކައްކާފައި

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

12. ބަޓާނާ ބަރަބޯ، ރީނދޫ މުގު، ބްރައުން ރައިސް

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

13. ރަތް އާފަލު، ނާސްޕަތީ (Pears)

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

14. ކައްޓަލަ، ރަތް މުގު، ސްޕިނެޗް ފަތް

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

15. އަންނާރު ދިޔަ

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

16. ރަތް އާފަލު، ކެރެޓް، ބޮރައުން ރައިސް

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

17. ކައްޓަލަ، ނާސްޕަތީ (Pears)

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

18. ބިންބި، ކުޑަކުދިންނަށް ހާއްސަ ހިކިކިރު (Baby milk powder)

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

19. ބްރައުން ރައިސް، ބަޓާނާ ބަރަބޯ، ބީޓްރޫޓް

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

20. ކައްޓަލަ، ކެރެޓު

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

21. ބިންބި، ފޯމިއުލަރ، ބީޓްރޫޓް

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

22. ބްރައުން ރައިސް، ކެރެޓް، ތޮޅި

(ފޮޓޯ : ފާތިމަތު ސައުދާ ޝަމީމް)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.