މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސްޓާފް އޭރިއާގެ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އެމްޕީއެލްގެ ސްޓާފް އޮފީހުން ވައްކަން ކުރަން އުޅުނު ކަމުގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

އެމްޕީއެލްގެ ސްޓާފް އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހަފްތާގެ ތެރޭގައިވަނީ އެމްޕީއެލްގެ ހެޑް އޮފީހުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ އެ އޮފީހުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓު ފަޅާލާ ލިޔެކިޔުންތަކެއް ނެގި މައްސަލައެއްވެސް ފެންމަތިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.