އއ. ހިމަންދޫގައި ބަލި ހާލު ބޮޑުވި ކުއްޖަކު އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު، މާލެ ގެނެސްފިއެވެ.
އެމްއެެންޑީއެފުން ކުރި ޓޫވީޓެއްގައި ވިދާޅުވީ، ހިމަންދޫ ހެލްތް ސެންޓަރުގައި ފަރުވާ ދެމުން ދިޔަ ކުޑަކުއްޖަކު ހާލު ދެރަވެގެން އެމްއެންޑީއެފްގެ ސީ އެމްބިއުލާސްގައި މާލެ ގެނެސްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، އެރަށުން ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްދީފައިވަނީ، އުމުރުން 7 އަހަރުގެ ފިރެހެން ކުއްޖެއް ކަމަށެވެ.
އެކުއްޖާ މާލެ ގެނެސްދީފައިވަނީ މިއަދު ހެނދުނު 9:50 ހާއިރެވެ.
އެމްއެންޑީއެފުން ވަނީ މީގެކުރިންވެސް، އެގޮތަށް ރާއްޖޭގެ އެކި ރަށްތަކުގައި ތިބި ސިއްހީ އަވަސް ފަރުވާއަށް ބޭނުންވާ މީހުން މާލެ ގެނެސްދީފައިއެވެ.