ހދ.ކުޅުދުއްފުއްޓަށް ދިމާވާ ޑެންގީ ހުން ޖެހުނު އުމުރުން ނުވަ އަހަރުގެ ކުއްޖެއް ނިޔާވެއްޖެއެވެ.
މަރުވެފައިވަނީ ތެލްސީމީއާ ހުންނަ ނުވަ އަހަރުގެ ފިރެހެން ކުއްޖެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ މަރުވެފައިވަނީ ޑެންގީ ހުން ޖެހިގެން، އެބައްޔަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރާއްޖޭގެ މިދުވަސްކޮޅު ޑެންގީ ހުމާއި އެކި ކަހަލަ ވައިރަލް ހުން ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އާއްމުންނަށް ރައްކާތެރިވެ ތިބުމަށް އިލްތިމާސްވެސް ކޮށްފައެވެ.
ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ރިޕޯޓްތަކާއި އަޅާބަލާއިރު މިއަހަރު ޑެންގޫ އަދި ޗިކުންގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ދަނީ ވަނީ އިތުރުވެފައެވެ.