1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ފަހަތުގައިވާ އެންމެ އިސްއެއް މޭސްތެރިއެއް ކަމަށްވާ، ހާޖަރާގެ ލުތުފީ މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.
ލުތުފީ ރައީސް ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް، ފިލައިގެން އެތައް ދުވަހަކު އުޅުމަށްފަހު ރާއްޖެ އަނބުރާ ގެނެސްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހެވެ. ލުުތުފީ މާލެ ގެނައުމަށްފަހު ފުލުހުން ވަނީ އޭނާގެ ޖަލު ހުކުމުގެ ބާކީ އޮތް ދުވަސްތައް ފުރިހަމަކުރުމަށް ކަރެކްޝަންސާއި ހަވާލުކޮށްފައެވެ.
ކަރެކްޝަންސްއިން ވިދާޅުވީ، ލުތުފީ އިއްޔެ މާފުށީ ޖަލުން މާލެ ގެންގޮސް، ޑޮކްޓަރަށް ދައްކާފައި، ޑޮކްޓަރުގެ ލަފާގެ މަތިން ޓެސްޓެއްވެސް ހަދާފައިވާ ކަމަށެވެ.
ލުތުފީގެ ހުކުމުގައި ބާކީ ދެން ތަންފީޒުކަރަން އިނީ 4 އަހަރެވެ.