ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރާއިރު، ގާނޫނާއި ގަވައިދުގެ ތެރެއިން ކުރިމަލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ހޯމް މިނިސްޓަރު އިމްރާން އެ މޭރެމުން ވާހަކަފުޅު ދެއްކެވީ، ފުލުހުންގެ "މެމޯރިއަލް ޑޭ" ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ފުލުހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުގެ ސަބަބުން ފުލުހުންނަށް އަބަދަކު މީހުންގެ ރުހުމާއި ލޯތްބާއި އެއްބާރުލުން ނުލިބޭނެ ކަމަށް ވިދާޅުވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންނަށް އަބަދުވެސް ދަތިތަކާއި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ނިޔާވި ފުލުހުންގެ ހަނދާން އަބަދުވެސް އާކުރަން ޖެހޭނެ ކަމަށާއި، އަދި ފުލުހުންގެ އާއިލާގެ ކޮންމެ މެމްބަރަކަށް ދިމާވާ ކަމަކީ މުޅި ފުލުހުންގެ އާއިލާއަށް ދިމާވާ ކަމެއް ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

ފުލުހުންގެ "މެމޯރިއަލް ޑޭ" ފާހަގަކުރަނީ ޑިއުޓީ ކުރަނިކޮށް ނިޔާވި ފުލުހުންގެ ހަނދާން އާކުރަން ފާހަގަކުރާ ދުވަހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.