ދެހާސް ބާރަ ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވުމާއެކު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ފަރާތަކަށް ކުރާ ދައުވާއެއް މިހާރު ނޯންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމު ވިދާޅުވެއްޖެ އެެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ވާހަކަފުޅުދައްކަމުން ބިޝާމް ވިދާޅުވީ، 2012 ވަނަ އަހަރު ވެރިކަން ބަދަލުވުމާއެކު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށާއި އަނެއް މައްސަލަވެސް މިއަދު އަނބުރާ ފޮނުވާނެ ކަމަށެވެ.

"މިހާރުވެސް ކޯޓުގައި 8 ފެބްރުއަރީގެ މައްސަލާގައި ކޯޓުގައި އޮންނާނީ ތިން މައްސަލައެއް, އޭގެތެރެއިން ދެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލާފައިފި, ދެން އަޅުގަނޑުމެން މިހާރުވެސް މިދަނީ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުން. ބާކީ އޮތް ހަމައެކަނި މައްސަލަ މި ތިން މައްސަލައިގެ ތެރެއިން، އެ މައްސަލަވެސް މިއަދު ފޮނުވާނެ " ބިޝާމް ވިދާޅުވިއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން  ދައުވާކުރި 70 މީހެއްގެ މައްސަލަ ރިވިއުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ހުށަހަޅައިފައެވެ.

އެމްޑީޕީގެ ފަރާތުން ވަނީ ފެބްރުއަރީ 8 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާކުރި 70 މީހެއްގެ މައްސަލަ ރިވިއުކުރަން ޕީޖީއަށް ހުށަހަޅާފައެވެ.

2012 ވަނަ އަހަރުގެ ހަމަނުޖެހުންތަކާއި ގުޅިގެން އެތައް ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.