ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް އެމެރިކާގެ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުކޮށް ކުރާ ދައުވާއިން އޭނާ ސަލާމަތްވެއްޖެއެވެ.

ރޮނާލްޑޯގެ މައްޗަށް ކުރެވެނީ 2009 ވަނަ އަހަރު އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގައި އެ ގައުމުގެ އަންހެނެއް ކަމަށްވާ ކެތަރިން މަޔޯގާ ރޭޕް ކުރިކަމުގެ ތުހުމަތެވެ. ރޮނާލްޑޯ ވަނީ އެކަން ދޮގުކޮށްފައެވެ.

ލަސް ވެގަސްގެ ކްލާކް ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައިވަނީ "ރޮނާލްޑޯގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތުގައި އެކަށީގެންވާ ވަރަށް ހެކި ލިބިފައިނުވާތީވެ އެ މައްސަލައިގައި ކުރާ ތުހުމަތުތައް ސާބިތުކުރެވެން ނެތުމުން، އެކަމުގައި ކުރާ ދައުވާ އިތުރަށް ކުރިއަށްނުގެންދާން ނިންމައިފީމެވެ."

މީގެކުރީން، ޔުވެންޓަސް އިން ވެސް ވަނީ ރޮނާލްޑޯގެ ދިފާއުގައި ބަޔާނެއް ނެރެފައެވެ. އެ ކްލަބުން ބުނެފައިވަނީ ތުހުމަތުކުރާ ކަންތައްތައް ހިނގި ކަމަށް ބުނަނީ މީގެ 10 އަހަރު ކުރިން ކަމަށްވާއިރު، މި އޮތް ހުރިހާ ދުވަހު އެ ވާހަކަ ނުދައްކާ އޮވެފައި ކުއްލިއަކަށް އެ ވާހަކަތައް ނަގައިގެން ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *