ރާއްޖެއިން ބޭރުގެ މަސްބޯޓްތައް ރާއްޖެ އައިސް، ދިވެހި މަސްވެރިންގެ އަތުން މަސްގަންނަން ހުއްދަ ދިނުމަކީ ވަރަށް ކަންބޮޑުވެލައްވާ ކަމެއް ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މެމެބަރު ޝިޔާމު އެ މޭރެމުން ވާހަކަފުޅު ދެއްކެވީ، މިއަދު މަޖިލީހުގެ ޖަލްސާއަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި މަސްވެރިކަމާއި ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ، އެ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ، މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް، އެބޭފުޅާގެ ވިސްނުން އެކަމުގައި ވަރަށް ތަފާތު ކަމަށެވެ. 

މެމްބަރު ޝިޔާމު އިތުރަށް ވިދާޅުވީ، އެބޭފުޅާ ނިސްބަތްވާ ރަށް ކަމަށްވާ ނައިފަރުގައިވެސް، 27 މަސްބޯޓް އޮންނަ ކަމަށާއި، ގިނަ ރައްޔިތުން ތަކެއް ތިބީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް ބަރޯސާވެގެން ކަމަށެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ، ބޭރުގެ މަސްބޯޓްތައް ރާއްޖޭގެ ރަަށަކަށް މަސްގަންނަން ވަންނަ ކޮންމެ ފަހަރަކު ދާ ޖަހާނެ ކަމަށާއި އަދި ނިކުންނަ ކޮންމެ ފަހަރަކުވެސް ދާ ޖަހާނެ ކަމަށެވެ. އަދި އެކަމުން ގެއްލުން ލިބޭނީ ހަމަ ދިވެހި މަސްވެރިންނަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.