ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ބަލި ޖެހިފައިވާ މީހުންނަށް ހިތް ފެއިލްވުމާއި ސްޓްރޯކް ޖެހުންފަދަ ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑު ކަމަށް ދިރާސާވެރިން އިންޒާރުދީފި އެވެ.

"އެޗްއައިވީ ޖެހިފައިވާ މީހުން ލޭމައްޗަށް ދިއުމާއި ދުންފަތުގެ އިސްތިއުމާލުކުރުންފަދަ ނުރައްކާތެރި ކަންތައްތައް ކޮންޓްރޯލްކޮށްގެން ހިތުގެ ބަލިތަކުން ރައްކާތެރިވުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ދިރާސާއިން ދޭހަކޮށްދޭ"، ދިރާސާގެ މައި ލިޔުންތެރިޔާ ކަމުގައިވާ އެމެރިކާގެ އެމޮރީ ޔުނިވާސިޓީގެ އެލްވާރޯ އެލޮންސޯ ވިދާޅުވި އެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަންގެ ޖާނަލްގައި ޗާޕުކޮށްފައިވާ މި ދިރާސާގައި ވަނީ އެޗްއައިވީ ޖެހިފައިވާ 19،798 މީހުންނާއި އިންފެކްޓްވެފައިނުވާ 59،302 މީހުންގެ މަޢުލޫމާތު އެވަރެޖުކޮށް 20 މަސްދުވަހުގެ މުއްދަތަކަށް ތަހުލީލްކޮށްފަ އެވެ.

ދިރާސާވެރިން ބުނާގޮތުގައި އިންފެކްޓްވެފައިނުވާ މީހުންނާ އަޅާބަލާއިރު އެޗްއައިވީ ޖެހިފައިވާ މީހުންގެ ހިތް ފެއިލްވުމުގެ ފުރުސަތު 3.2 ގުނަ އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު 2.7 ގުނަ ބޮޑު ކަމަށެވެ. އަދި އުމުރުން 50 އަހަރުން ދަށުގެ މީހުންނާއި ހިތުގެ ބަލީގެ ތާރީޚެއް ނުވާ މީހުންގައި އެޗްއައިވީ އިންފެކްޝަން އާއި ހިތުގެ ބައްޔާއި ވަރަށް ވަރުގަދަ ގުޅުމެއްވާކަމަށް ދިރާސާއިން ވަނީ ދައްކައިފަ އެވެ.

އެހެންނަމަވެސް ދިރާސާއިން ދައްކާފައިވާ ގޮތުގައި އެޗްއައިވީ އާއެކު ދިރިއުޅެމުންދާ މީހުންނަށް ޕެރިފެރަލް އާޓެރީ ޑިޒީޒް ޖެހުމުގެ ނުރައްކާ ވަކި ބޮޑެއް ނޫންކަމަށާއި، ހާޓް އެޓޭކް އާއި އޭޓްރިއަލް ފައިބްރިލޭޝަން ޖެހުމުގެ ނުރައްކާ ބޮޑީ މެދުމިންވަރަކަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *