ޚަބަރު
532 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގިއްޖެ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން---ފޮޓޯ:ޓްރާންސްޕޭރެންސީ މޯލްޑިވްސް

532 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގިއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިގޮތަށް ވިދާޅުވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މީގެ އެއް ހަފްތާ ކުރިން ފެށުނު އޮޕަރޭޝަން ”ކުރަނގި“މިވަގުތު ހިނގަމުންދަނީ ކ. ހިންމަފުށީގައި ކަމަށެވެ. މިހާތަނަށް އެރަށުގައި މަސައްކަތް ކުރަމުންދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަން ހެދޭވަރު ފޮޓޯ) ނެގި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކުރެވިފައިވާ ކަމަށް މިނިސްޓަރު އިހުސާން ހާމަކުރެއްވި އެވެ.

މީގެ އިތުރަށްވެސް، ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު އިހުސާން މައުލޫމާތު ދެއްވި އެވެ. އެއާއެކު، މިނިސްޓަރު ވަނީ ހިންމަފުށީ ކައުންސިލުން މިކަމަށް ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާފަ އެވެ.

އޮޕަރޭޝަން ކުރަނގިގެ ނަމުގައި  ފެށި މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ނިޒާމުގެ ތެރެއަށް ގެނައުމަށް ހާއްސަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

ހޯމް މިނިސްޓްރީން ފެށި މި މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް އިމިގްރޭޝަނުން އެކީގައި މަސައްކަތް ކުރާނެ އެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top