ހަށިގަނޑުގައި ގިނަ އަދަދަކަށް އަޔަން ހުރުމަކީ އެނީމިއާ އިން ރައްކާތެރިވުމުގެ އިތުރުން، ކޮލެސްޓްރޯލް ލެވެލްވެސް ދަށްކޮށްދޭ ކަމެއް ކަމަށް ބައިނަލްއަޤްވާމީ ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ދިރާސާވެރިން ހޯދި ގޮތުގައި ހަށިގަނޑުގައި މާގިނައިން އަޔަން ހުރުމަކީ ބެކްޓީރިއަލް އިންފެކްޝަންތަކުގެ ނުރައްކާ ބޮޑުކޮށްދޭ ކަމެއް ކަމަށެވެ. ޕީއެލްއޯއެސް މެޑިސިން ޖާނަލްގައި ޗާޕުކޮށްފައިވާ މި ދިރާސާގައި ވަނީ 900 ބައްޔެއްގައި އަޔަން އަދާކުރާ ރޯލު ތަހުލީލްކޮށް، އަޔަން މާގިނައިން ނުވަތަ މާމަދުން ހުރުމުގެ އަސަރުތައް ހޯދާފައެވެ. މި ދިރާސާގައި ގާތްގަނޑަކަށް 500،000 މީހުންގެ މަޢުލޫމާތު ވަނީ ބޭނުންކޮށްފަ އެވެ.

ދުނިޔޭގައި އެނީމިއާ ޖެހިފައިވާ މީހުންގެ އަދަދު 1.2 ބިލިއަނަށް އަރާއިރު، ފަރުވާނުދެވިއްޖެނަމަ އެނީމިއާގެ ސީރިއަސް ސިއްޙީ މައްސަލަތަކަށް މަގުފަހިވެއެވެ. އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ބެބެން ބެންޔަމިން ވިދާޅުވީ ދިރާސާއިން ހޯދިފައިވާ ގޮތުގައި ހަށިގަނޑުގައި މާގިނައިން އަޔަން ހުރުމާއި، ކޮލެސްޓްރޯލް މަތިވުމުގެ ނުރައްކާ ކުޑަވުމާއި ގުޅުމެއްވާ ކަމަށެވެ.

ކޮލެސްޓްރޯލް މަތުވިމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބެއް ކަމުގައިވާއިރު، އޭގެ ސަބަބުން އަހަރަކު 2.6 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެހެންކަމުން މި ދިރާސާއިން ހޯދި މަޢުލޫމާތުތައް ވެގެންދާނީ ވަރަށް ފާހަގަކުރެވޭ ހޯދުންތަކަކަށް ކަމުގައި ބެންޔަމިން ވިދާޅުވި އެވެ.

އެހެންނަމަވެސް މާގިނައިން އަޔަން ހުރުމަކީ ބެކްޓީރިއަލް ސްކިން އިންފެކްޝަންތަކަށް މަގުފަހިކޮށްދޭ ކަމަކަށްވާއިރު، އަޔަން އަކީ ބެކްޓީރިއާ ދިރިހުރުމަށް ވަރަށް މުހިންމު މާއްދާއެކެވެ. މިއީ އަޔަން ލެވެލް އިތުރުވުމާއި، ބެކްޓީރިއަލް އިންފެކްޝަންތަކާއި ގުޅުމެއްވާކަމަށް މިހާތަނަށް ހޯދި އެންމެ ފުރަތަމަ ދިރާސާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.