ޚަބަރު
އާއިލާތަކުގެ ހާލު ބެލުމަށްޓަކައި ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގެ ހުރިހާ ރަށެއްގައި އާއިލާތަކުގެ ހާލަތު ބެލުމަށްޓަކައި ގައުމީ ފެންވަރުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

މިކަން އިއުލާން ކުރައްވާފައިވަނީ ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމަކީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީއާއި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާ އެންމެން ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ނިކަމެތި ހާލުގައި ދިރިއުޅޭ އާއިލާތައް ދެނެގަނެވި ކުޑަކުދިންނަށް ނުރައްކަލެއް އައިސްދާނެ މާހައުލެއް އޮންނަ އާއިލާތައްވެސް ދެނެގަނެވިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އެހެން މަސައްކަތް ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް ކުއްލިއަކަށް ބޮޑޫ ނުރައްކަލެއްގަ އެހެންނޫނީ ހިއްދަތިކަމެއްގަ އުޅޭ ކުދިން ކުއްލި ކުއްލިއަށް ފެންނާކަށް ނުޖެހޭނެ ދެއްތޯ. އިރާދަކުރެއްވިއްޔާ މި އަންނަ ހަފުތާ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެ.

މިއީ ފެމިލީ މިނިސްޓްރީއަށް ރިޕޯޓް ކުރާ ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން އެ ކުދިންގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދާނީ “ހާލު ކިހިނެއްހޭ؟” ނަމުގައިކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އައިޝަތް ޝިހާމް ވިދާޅުވީ މިހާރު ސަރުކާރުގެ އަމާޒަކީ ކުޑަކުދިންނަށް ނުރައްކަލެއްވުމުގެ ކުރިން އެކަމަކު ރައްކާތެރިކުރުވުން ކަމަށެވެ. އެކަން ކުރެވޭނީ އެކަމެއް ދިމާވުމުގެ ކުރިން އެ އާއިލާއަކާއެކު މަސައްކަތް ކުރެވި މިނިސްޓްރީއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

9
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top