ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމުގެ މަގާމުގައި ކުރީން އޮތް "އެވެޓާ" ގެ ރެކޯޑް "އެވެންޖާޒް: އެންޑްގޭމް" މުގުރާލައިފިއެވެ.

މާވެލްގެ "އެވެންޖާޒް: އެންޑްގޭމް" އިން މި ރެކޯޑް މުގުރާލުމުުގައި މައިގަނޑު ސަބަބަކީ، ކުރީގެ ފިލްމުގައި ނުހިމެނޭ އިތުރު މަންޒަރުތަކަކާ އެކު އަލުން ފިލްމު ސްކްރީނަށް ގެންނަން ޑިޒްނީން ނިންމުމެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރި "އެވެންޖާޒް" ގެ ހަތަރުވަނަ ފިލްމު އަދި ފަހު ފިލްމު "އެންޑްގޭމް" ވަނީ މިހާތަނަށް އައިއިރު 2.790 ބިލިއަން ޑޮލަރު ހޯދާފައެވެ. މީގެކުރީން، އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމުގައި ވޭތުވެދިޔަ 10 އަހަރު ވަންދެން އޮތް ޖޭމްސް ކެމެރަންގެ "އެވެޓާ" އަށް ލިބިފައިވަނީ 2.789 ބިލިއަން ޑޮލަރެވެ.

މީގެއިތުރުން، "އެވެންޖާޒް: އެންޑްގޭމް" ވަނީ ބޮކްސް އޮފީހުގައި އެތައް ރެކޯޑެއް މުގުރާލައިފައެވެ. އެގޮތުން، މިހާތަނަށް އެންމެ އަވަހަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުގެ އިތުރުން އެންމެ އަވަހަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމަކީވެސް "އެވެންޖާޒް" ގެ ފަހުގެ ފިލްމެވެ.

އެކަމަކު، "އެވެންޖާޒް" ގެ އެންމެފަހު ފިލްމު "އެންޑްގޭމް" ގެ މި ރެކޯޑް މުގުރާލުމުގެ ފުރުޞަތު ޑިޒްނީގެ "އެވެޓާ" ގެ ކުރިއަށް ނިކުންނަން ހުރި ހަތަރު ފިލްމަށްވެސް އެބައޮތެވެ. އެގޮތުން، 2021 ވަނަ އަހަރުގެ ޑިސެންބަރު 17 ވަނަ ދުވަހު "އެވެޓާ 2" ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، "އެވެޓާ 3" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ޑިސެންބަރު 22، 2023 ގައެވެ. އަދި "އެވެޓާ 4" ޑިސެންބަރު 19، 2023 ގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު، "އެވެޓާ 5" ބެލުންތެރިންނާ ހަމައަށް ފެނިގެންދާނީ 2027 ވަނަ އަހަރުގެ ޑިސެންބަރު 17 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *