ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފިޓްނަސް އެކްސްޕޯ ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ނޭޝަނަލް އާޓްސް ގެލަރީގައި ފެށި އެ އެކްސްޕޯ ނިންމާލައިފައިވަނީ އިއްޔެއެވެ.
އިންސައިޓް ކޮންސަކްޓަންސީ ސާވިސް (އައި.ސީ.އެސް) އިން އިންތިޒާމުކޮށް ފެށި އެކްސްޕޯއާއި ބެހޭ ގޮތުން "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން އައި.ސީ.އެސްގެ ސޭލްސް އެންޑް މާކެޓިން ކޯޑިނޭޓަރ އާމިނަތު އިނާން ޢަލީ ވިދާޅުވީ، ފުރަތަމަ އެކްސްޕޯއާއި އަޅާ ބަލާއިރު ލިބުނު ކާމިޔާބީ ބޮޑު ކަމަށާއި އުންމީދަކީ އެ އެކްސްޕޯ ކުރިއަށް އޮތް އަަހަރުތަކުގައިވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުން ކަމަށެވެ.
"ރާއްޖޭގައި ބޭއްވުނު ފުރަތަމަ ފިޓްނެސް އެކްސްޕޯއަށް ބަލާއިރު ލިބުނު ކާމިޔާބީ ބޮޑު. ވަރަށް ގިނަ ބަޔަކު އެކްސްޕޯއަށް ޒިޔާރަތްކޮށް ޖިމްތަކާއި، ހެލްތް އެންޑް ފިޓްނެސް ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކުގެ ފަރާތުން މައުލޫމާތު ހޯދައިފައިވޭ. އަޅުގަނޑުމެންގެ އަމާޒަކީ މި އެކްސްޕޯ ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިޔުން" އިނާން ވިދާޅުވިއެވެ.
މޯލްޑިވްސް ފިޓްނެސް އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްޙަތަކަށް މުޖުތުމަޢު ހޭލުންތެރި ކުރުވުމެވެ.