ރޭ ގެއްލިގެން ފުލުހުން ހޯދަމުން ދިޔަ ފަތުުރުވެރިޔާ މޫދުގައި އޮއްވައި ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، 38 އަހަރުގެ އެ އަންހެން ފަތުރުވެރިޔާ ގެއްލިގެން ހޯދަން ފެށީ، ރޭ 20:30 ހާއިރު ކަމަށެވެ. އަދި އެމީހާ ހޯދުމަށް ކުރި މަސައްކަތުން ފެނުނީ، ރޭ ދަންވަރު 2:00 ހާއިރު މޫދުގައި އޮއްވައި ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާ ފެނުނުއިރު، އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

އެ ހާދިސާ ހިނގީ ކޮން ރަށެއްގައި ކަމެއް ނުވަތަ، އެ ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *