ވެރިކަން ކުރާ މާލޭ ސިޓީގައި ގަހެއްގެ ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ހުރަވީ ބިލްޑިންގް ކަންމައްޗަށް ވާގޮތަށް ހުރި ގަހެއްގެ ގޮފިގަނޑެއް ވެއްޓި އެމަގުން ސައިކަލެއްގައި ދިޔަ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ހާދިސާ ހިނގީ މިއަދު ހެނދުނު، 10:35 ހާއިރު ކަމަށެވެ.

އޭނާއަށް ލިބުނު އަނިޔާގެ މާބޮޑު ތަފްސީލެއް ފުލުހުން އަދި މީޑިއާތަކާއި ހިއްސާއެއް ނުކުރެއެވެ.

އެގަހުގެ ގޮފިގަނޑުން ޖެހި އަނިޔާވި މީހާ ވަނީ މިހާރު ފުލުހުންގެ ވެހިކަލްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.