ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަނާޅާ ޝަރީފަށް އިތުރު ފުރުސަތެއް ދިނުމަށް ވިސްނަމުންދާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ބީއެމްއެލްގެ ސީއީއޯ، ޝަރީފް މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުކުރުމުން، ދޮގު މައުލޫމާތު ތުހުމަތުކުރެތީ އެކަން، ތަހްގީގު ކޮށްދެއްވުމަށް އެދި ކަމާއި ބެހޭ ފަރާތްތަކުން އެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް. ޝަރީފް ވަނީ އިއްޔެގެ ވަގުތެއްގައި، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވާފައި ވަނީ، އެވަގުތަށް ލިބިހުރި މައުލޫމާތުގެ މައްޗަށް ކަމަށް ވިދާޅުވެ އެބޭފުޅާ މަޖިލީހަށް ސިޓީއެއް ފޮނުވާފައިއެވެ. އަދި އެ ކޮމިޓީގެ ބައްދަލުވުމަށް ފަހުގައި ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ޗެކުތައް ބީއެމްއެލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން ވީގޮތް އޮޅުން ފިލުވުމަށް ފަހު މަޖިލީހަށް ހިއްސާ ކުރާނެ ކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން، މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ޝަރީފު އެގޮތަށް ވިދާޅުވުމުން މާލިއްޔަތު ކޮމިޓީގައި މުގައްރިރާ ވާހަކަ ދެއްކެވުމަށްފަހު ފުލުހުންނަށް ފޮނުވާފައިވާ މައްސަލަ އަލުން އަނބުރާ ގެންނަން ވިސްނަވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.