މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ހާއްސަ ޕެރޭޑެއް މާލޭ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 4:30ގައި ކަމަށެވެ.

އެ ޝަރަފުގެ ހިނގާލުން ސިފައިންގެ މައި މަރުކަޒުން ފަށައިގެން، އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް، ބޮޑުތަކުރުފާނު މަގުން އިރަށް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ކަނބާއައިސާރަނި ހިނގުމުން ދެކުނަށް އައިސް އަމީނީ މަގުން އިރަށްގޮސް، ޢިއްޒުއްދީން މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮށްޓަށް ނިންމާ ގޮތަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެ ޝަރަފުގެ ހިނގާލުން ކުރިއަށް ގެންދާއިރު، ހުއްޓުމަށް ހަމަޖެޖިފައިވާ ތަންތަނަކީ، މުލިއާގެ ކައިރި އާއި ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅިކަންމައްޗާއި، މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅިކަންމަތީގެ މަޖީދީ މަގު މާފަންނު ސަހަރާ ކުރިމަތީގައެވެ.

މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.