ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ޖުޑީޝަރީ ކޮމެޓީއަށް ހުށަހެޅިފައިވާ އެކި މައްސަލަތަކާއި ގުޅޭގޮތުން، ޕީޖީ ބިޝާމާއި ސުވާލުކުރެއްވުމަށް، އެކަމަނާ ކޮމެޓީއަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.
ޕީޖީ ބިޝާމް މަޖިލީހަށް ހާޒިރުކުރަން މިދިޔަ ހަފްތާވެސް ތާވަލުކުރިއެވެ. ނަމަވެސް އެކަމަނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ޖެހިވަޑައިގަތުމުން މަޖިލީހަށް ހާޒިރުކުރުން ލަސްކުރީއެވެ.
ޕީޖީ ބިޝާމް ކޮމެޓީއަށް ހާޒިރުކުރަނީ، 2017 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ގަދަކަމުން އެ އިދާރާ އިން ނެރެ ދައުވާ ކުރި މައްސަލައިގައެވެ.