ފަސް ޕަސެންޓާއި ހަ ޕަސެންޓްގެ އިންޓްރެސްޓުގައި ގެދޮރު އިމާރާތް ކުރުމުގެ ލުއި ލޯނު އަންނަ އޯގަސްޓު މަހުގެ ނިޔަލަށް އިއުލާން ކުރައްވާނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހައުސިންގް މިނިސްޓަރު އާތިފާ ޝަކޫރު ހާޒިރުކުރައްވައި މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށްޓަކައި ފަސްޕަސެންޓާއި ހަ ޕަސެނެޓްގެ އިންޓްރެސްޓު ގެދޮރު އިމާރާތް ކުރުމުގެ ލޯނު ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގެދޮރު އެޅުމަށް ދޫކުރާ އެ ލުއި ލޯނުގެ މަސައްކަތް ނިމިދިޔަ ހަތް މަހުގައި ދިޔައީ ކުރަމުން ކަމަށާއި، އަދި އަދި އެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު ޑްރާފްޓްގެ މަރުހަލާގައި ކަމަށެވެ.

"އަޅުގަނޑުމެން ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެމްއެމްއޭ އާއި ދައުލަތުގެ ފައިނޭންޝަން އިނިސްޓިޓިއުޓްތަކާއެކު މަސައްކަތްކޮށް، މީގެ އެންމެފަހުގެ ޑްރާފްޓްގެ މަރުހަލާގައި ކުރިއަށް މިދަނީ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އުއްމީދު ކުރަނީ އަންނަ އޯގަސްޓްމަސް ނިމޭހިސާބުގައި ހަމަ ވަރަށް އުފާވެރި ހަބަރެއްގެ ގޮތުގައި ފަސް ޕަސެންޓާއި ހަ ޕަސެންޓްގެ އިންޓްރެސްޓުގައި ރާއްޖޭގެ އެތަން މިތަނުގައި ގެދޮރު އިމާރާތް ކުރުމަށްޓަކައި ލުއިލޯނު ލިބުމުގެ މަސައްކަތް އާއްމުވެގެންދާނެކަމަށް،" މިނިސްޓަރު އަތީފާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.