މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާއަށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ, މާލެއަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދާ ރަށަށް ވާއިރު، ކޮންސްޓްރަކްޝަން ކުންފުނިތަކުން އަޅަންޖެހޭ ސަލާމާތީ ފިޔަވަޅުތައް ނޭޅި ދިއުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގައި އެތަކެއް ބަޔަކަށް އަނިޔާވެ ފުރާނަ ގެއްލިފައިވާ ކަމަށާއި، އެއީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަަޅައި ކޮންމެ ގޮތަކުންވެސް އަވަސް ހައްލެއް ގެންނަން ޖެހިފައިވާ ހައްސާސީ މައްސަލައެއް ކަމަށެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައިވަނީ 52 މެންބަރުންގެ ވޯޓާއި އެކުގައެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަ މެމްބަރުންނެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިހުމާލުން ކުރިމަތިވާ ނުރައްކާތެރި އަދި ހިތާވެރި ހާދިސާތައް މަފަހުން އައިސް ވަނީ އިތުރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.