އއ.ރަސްދޫ އިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖާ ދޯންޏެއްގެ ތެރޭގައި ނިދާފައި އޮއްވައި ފެނިއްޖެއެވެ.

އެކުއްޖާ ގެއްލިގެން ހޯދަން ފެށީ، އިޝާ ނަމާދަށް މިސްކިތަށް ދިއުމަށް ފަހު އަނބުރާ ގެއަށް ނައިސް، ލަސްވެގެންނެވެ.  

އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، އެރަށު ރައްޔިތުން ކުރަމުން ދަނިކޮށް އެކުއްޖާ ފެނިފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި އެރަށު ފަޅުތެރޭގައި އޮތް ދޯންޏެއްގައި ނިދާފައި އޮއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާގެ ހާލު ރަނގަޅެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.