އެން ލުމަށް މޫދަށް ފޭބި މަސްވެރިއެއްގެ ފަޔަށް ތޮޅިއެއް ހެރިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ ރޭ ފަތިހު 04:30 ހާއިރު ކ.ވައްބިންފަހު ކައިރި ފަރަކަށް އެން ހިފަން މޫދަށް ފޭބި 52 އަހަރުގެ ދިވެހި ފިރިހެނެއްގެ ފަޔަށް ތޮޅިއެއް ހެރި ޒަހަމްވުމާއި ގުޅިގެން މެރިން ޕޮލިސްގެ އެހީތެރިކަމާއި އެކު ފަރުވާ ދިނުމަށް މާލެ ގެނެސްދީފައިވާ ކަމަށެވެ.
އަދި އެ މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ތޮޅިއެއް ހެރުނު މީހާއާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.