ކުޅިވަރު
ޕްލޭއޮފް ކުޅެން ނުޖެހި ރާއްޖެ އޭޝިއަން ކަޕުގެ ކޮލިފައިން ތިންވަނަ ބުރަށް

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން ޕްލޭއޮފް ބުރުގައި ނުކުޅެ، ކޮލިފައިން ތިންވަނަ ބުރުން ރާއްޖެއަށް ފުރުސަތު ލިބިއްޖެ އެވެ.

ޕްލޭއޮފް ނުކުޅެ ރާއްޖެ އަށް ކޮލިފައިންގެ ތިންވަނަ ބުރުން ފުރުސަތު ލިބުނީ ޕްލޭއޮފްގައި ގުއާމް އާއި ނޮދާން މަރިއާނާ އައިލެންޑް ވާދަނުކުރަން ނިންމުމުންނެވެ. މިއާއެކު، ޕްލޭއޮފް ނުކުޅެ، ތިންވަނަ ބުރުން ފުރުސަތު ލިބިފައިވަނީ ޕްލޭއޮފް ކުޅެން ޖެހޭ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވާ ތިން ޓީމަ ށެވެ. އެއީ ރާއްޖެ އާއި ލާއޯސްގެ އިތުރުން ބޫޓާން އެވެ.

ރާއްޖެ ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން ފުރަތަމަ ބުރުން ބަންގްލަދޭޝް ކައިރިން ބަލިވެފަ އެވެ. މިއާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ރާއްޖެ އަށް ވަނީ ފުރުސަތު ގެއްލިފަ އެވެ. ނަމަވެސް، އޭޝިއަން ކަޕު ކޮލިފައިން ކާމިޔާބުކޮށްގެން، އެ މުބާރާތް ކުޅުމުގެ ފުރުސަތު ރާއްޖެ އަށް އަދި އެބަ އޮތެވެ.

އަންނަ އަހަރު މާޗު މަހު ފަށާ އޭޝިއަން ކަޕުގެ ކޮލިފައިން ތިންވަނަ ބުރުގައި ޖުމްލަ 24 ޓީމެއް ހިމެނެ އެވެ. މި ޓީމުތައް ހަ ގުރޫޕަކަށް ބަހާލާފައިވާއިރު، މުބާރާތުން ފުރުސަތު ލިބޭނީ ކޮންމެ ގުރޫޕެއްގެ އެންމެ ކުރީގައި އޮންނަ ޓީމުތަކަށެވެ.

6
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top