އެމެރިކާގެ ފްލޮރިޑާގެ އަވަށެއްގައި ޕިއްޒާ ފޮއްޗެއް ނުދީގެން މާރާމާރީ ހިންގި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޑި އެރިކާ ނަމަކަށް ކިޔާ 22 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ އެހެން މީހެއްގެ ނަފްސަށް ގެއްލުން ލިބޭ ފަދަ އަމަލެއް ހިންގުމުގެ ތުހުމަތުގައި ކަމަށެވެ.

ރެސްޓޯރެންޓްގައި ޕިއްޒާ ކާން ތިބެފައި މައްސަލަ ޖެހުނީ 2 އަންހެނުންގެ ދެމެދުގައެވެ. އަދި އެ ދެބަސްވުމުގައި އެރިކާ އާއި އެކު އެވަގުތު އިން އަންހެން މީހާ ޕިއްޒާ ފޮތި ދިނުމަށް ދެކޮޅު ހެދުމުން އެރިކާ އިސްވެ މާރާމާރީ ހިންގީ ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ. 

އެގޮތުން ޑިއެރިކާ އަންހެން މީހާއަށް ހަމަލާދިނުމަށް ވަޅިއެއް ބޭނުންކުރި ކަމަށް ވެސް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް މާރާމާރީގައި އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުުހުން ހާމަކޮށްފައެއް ނުވެއެވެ. 


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.